ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ދަށުން އެމްޓީސީސީން އަލަށް ފަށާފައިވާ މިނީބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ހިލޭ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަަމަށެވެ. އަދި އަތޮޅު ތެރޭގައި މިނީބަހުގެ ހިދުމަތް ދޭން މިހާރު ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ ކަަމަށް ވިދާޅުވިއެވެ.
ނަމަވެސް ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދުވެސް ބަހުގެ ހިދުމަތް ހިލޭ ލިބޭނެއެވެ.
އެމްޓީސީސީން ވަނީ މާލޭ އާއި ތިން އަތޮޅެއްގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މިދިޔަ މަހު 36 ބަސް ރާއްޖެ ގެނެސްފައެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
- މާލެ، 12 ބަސް، 2 ރޫޓް
- އައްޑޫ(ފޭދޫ-ހިތަދޫ)، 8ބަސް، 4 ރޫޓް
- އައްޑޫ(ހުޅުމީދޫ)، 4 ބަސް، 4 ރޫޓް
- ފުވައްމުލަށް، 5 ބަސް، 4 ރޫޓް
- ލާ. ގަން-ފުނަދޫ(މެއިންލޭންޑް)، 5ބަސް، 4 ރޫޓް
- ލ. އިސްދޫ-ކަލައިދޫ، 2 ބަސް، 1 ރޫޓް
އަތޮޅޮތަކުގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު މާލޭގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީ އާއި މާލެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ބަސް ސްޓޮޕްތައް ހެދުމަށް މަގުތަކުގެ ޕާކިންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު