މަޝްހޫރު އައިސްކްރީމް ބްރޭންޑް، ހާގެން ޑާޒް އައިސްކްރީމްގެ 12 ބާވަތެއް ތަގައްޔަރުވެފައިވާ އެ އައިސްކުރީމް ބޭނުން ކުރުމާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފްރާންސްގެ ހާގެން ޑާޒް ބްރޭންޑުގެ އައިސްކްރީމް ރާއްޖެ އެތެރެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭއިން ޕެސްޓިސައިޓުން ތަގައްޔަރުވެފައިވާ އައިސްކްރީމްގެ ބެޗުތަކާއި ފްލޭވާތައް އާންމުކޮށްފައެވެ. އެގޮތުން އޭގެ ތެރޭގައި 12 ބާވަތެއް ހިމެނެއެވެ.
އާރްއޭއެސްއެފްއެފްގެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ރިސްކް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު