ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ހަމަޖައްސައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރޭ ކުރި އިއުލާނެއްގައި ބުނީ، އެ މަގާމަށް އަބްދުﷲ އަބްދުއްރަހީމް ހަމަޖައްސާފައި ވަނީ ސަރުކާރުގެ ފަރާތުން ކަމަށެވެ.
އަމިއްލަ ވިޔަފާރިވެސް ކުރައްވާ އަބްދުﷲ އަބްދުއްރަހީމަކީ ބިޒްނަސް އާއި އެކައުންޓިން ދާއިރާއިން ކިޔަވާ ވިދާޅުވެ އެ ދާއިރާގައި ކުރިން މަސައްކަތްވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީސީބީން ރޭ ވަނީ އާސަންދަ އާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑަށްވެސް ބޭފުޅުން ހަމަޖައްސައިފައެވެ. އެ ބޭފުޅުންނަކީ:
- އެޗްޑީސީގެ ބޯޑަށް: ތ. ވިލުފުށި/ އަބްލަގީގެ، އާމިނަތު ސުވޭޒާ ނައީމް
- އާސަންދަ ކުންފުނީގެ ބޯޑަށް: ފުވައްމުލައް-މިސްކިތްމަގު/ އެލޭއިރު، އަހުމަދު ސަބާހް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު