އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެކަމެއް ހުށަހަޅަން އެދޭ ކަމަށެވެ.
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީސީގެ މައި އިދާރާއާއި އެ ކޮމިޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ފޯމު މެއިލްކުރެވޭނެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށްފައި މިވަނީ، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިފަދަ ކޮންމެ ފޯމަކަށް ޕާޓީއާއި ޕާޓީގެ ރަޖިސްޓްރާ 10،000 ރުފިޔާއިން ޖޫރިމަނާކުރަން އީސީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު