އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ މައްސަލަތައް އިތުރުވެއްޖެއެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ 14 މައްސަލައެއް މިޔަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އެ މިނިސްޓްރީގެ މިިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް އޭގެ ކުރީ މަހާ އަޅައި ބަލާއިރު އިތުރެވެ. އެގޮތުން މިދިޔަ މަހު އެފަދަ 20 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ޖެންޑާއަށް ހުށަހެޅި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލައަކާއި އަމިއްލައަށް މަރުވާން އުޅުމުގެ އަށް މައްސަލައަކާއި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ މައްސަލައެވެ.

މިދިޔަ މަހު ޖެންޑާއަށް ޖުމްލަ 248 ހުށަހަޅާފައިވާ އިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 126 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެއެވެ.