ޒަމާނީ މާކެޓަކަށް ބަދަލުކޮށްފައިވާ، ސަގާފީ އުކުޅުތައް ބޭނުންކޮށްގެން، އެމީހުންގެ ހަކުރު އުފެއްދުންތައް އަތުން ސްކަލްޕްކޮށް ލައިވްކޮށް އާދައިގެ މަޖާ ޝޯއެއްގައި މެޓާ އުފައްދާތަން ދައްކައެވެ. އިންސްޓާގްރާމްގައި 337k ފޮލޯވާސް ތިބިއިރު އެމީހުންގެ އަސްލު ސޯޝަލް މީޑިޔާގެ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކްގައި ފަސް މިލިއަނާ ގާތްކުރާވަރަށް މީހުން އެބަތިއްބެއެވެ. އެމީހުންގެ ލައިކްސް އުޅެނީ އެއަށްވުރެންވެސް އަދަދުން މަތީގައެވެ. އެމީހުންގެ ބެސްޕޯކް ރޭންޖްގެ ފޮނި އެއްޗެހި މެދުނުކެނޑި ތަރައްގީވަމުން އަންނައިރު، ކަކާޑޫ ޕްލަމް އާއި ލެމަން މަރޓްލް ފަދަ ޔުނިކް އޮސްޓްރޭލިއާގެ ބާވަތްތައް އެމީހުންގެ ފަރާތުން މަޝްހޫރުވެ މިހުންގެ މެދުގައި އަންނަނީ މަގުބޫލު ވަމުންނެވެ.
ތިމާގެ ހިޔާލުތަކާއި އިހުސާސްތަކާއި ރޫހަށް އަރާމު ލިއްބައިދޭ، މާނައަކީ ތިމާ ހިތުގެ އަޑިން އެކަމެއް ދެކެ ލޯބިވެގެން ނޫނީ އެކަމެއްދެކެ އެހެންބަޔަކު ގަޔާވާނެ، ލޯބިވާނެ ގޮތެއް ނުހެދޭނެއެވެ. މިއީ ދިރިއުޅުމުގައާއި ވިޔަފާރީގައިވެސް، ހިއްސާދާރުން ކަމަށްވާ ޑޭވިޑް ކިންގް އާއި ރޭޗަލް ޓަރނަރ އިސްކޮށް ތިބެގެން ހިންގާ އާއިލީ ވިޔަފާރި ކަމަށްވާ 'ސްޓިކީ ޓީމުން' އުފައްދާ 'ސްޓިކީލޮލީސް، ކެންޑީސް'، އާދެ އެކިކަހަލަ ރަހަތަކުގެ މެޓާގެ ވިޔަފާރީގެ ވާހަކައެވެ. އެވިޔަފާރި ކުރަމުން އަންނަތާ ދެއަހަރު ވެއްޖެއެވެ. ހައިޕަރ ކުލައިގެ މޭވާތަކުން ފެށިގެން، ހާބަރ ބްރިޖާ ހަމައަށް، އަދި ޕާސަނަލައިޒްޑް މެސެޖުތައް ބްރޭންޑްކޮށްފައިވާ އެމީހުންގެ ސިގްނެޗާ ރޮކް ކެންޑީ އެމީހުންގެ މެޓާތަކުން ފެނިގެންދެއެވެ.
މިވާހަކައަކީ އެމީހުންގެ މިވަރުގަދައަށް އަރައިގެން ދިޔަ ގަދަފަދަ، ކާމިޔާބު ވިޔަފާރި ބަގުރޫޓުވުމުން އެމީހުންގެ އަންހެން ދަރިފުޅުގެ ހިތްވަރާއި އެމީހުންގެ ބުރަ މަސައްކަތުން "ޓިކްޓޮކް" ބޭނުން ކޮށްގެން އެވިޔަފާރި އަލުން ކޮޅަަށް ޖެހި ގޮތުގެ ވާހަކައެވެ. މިއީ އެންމެ 19 އަހަރުގެ ޒުވާން އެނަބަލް ކިންގް އާއި އޭނާގެ މަންމައާއި ބައްޕަގެ ވިޔަފާރި "ސްޓިކީ ލޮލީސް، ސްޓިކީ ކެންޑީސް،" އާދެ، މެޓާ ވިޔަފާރި ސަލާމަތް ކުރި ގޮތުގެ ވާހަކައެވެ.
ސިޑްނީގައި ހުންނަ މަޝްހޫރު ކެންޑީ ފިހާރައެއް ކަމަށްވާ "ސްޓިކީލޮލީސް" އަށް ކެންޑީ، މެޓައާއި ކޮންޓެންޓް އުފައްދަނީ އެނަބެލް ކިންގް އެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭނާގެ ބައްޕަގެ ހިއްސާ އޮންނަ އެ ވިޔަފާރި ސަލާމަތް ކުރުމަށް އެހީތެރިވުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްފަ އެވެ. ބައެއް ދުވަސްތަކުގައި ތަފާތު 50 ރަހަ އެކުލެވޭ 60 ކިލޯގެ ކެންޑީ އުފެއްދުމަށް ޓީމަށް އެހީތެރިވެދެ އެވެ.
"އަހަންނަކީ 19 އަހަރުގެ ކޮންޓެންޓް ކްރިއޭޓަރެއް ކަމުން އަހަރެންގެ އާއިލާއަށް ދިމާވި ދަތި އުނދަގުލުން ކެންޑީ ޝޮޕް ސަލާމަތް ކުރުމަށް އެހީތެރިވެދިނީ ބޮޑު ޓިކްޓޮކް ފޮލޯވަރުންތަކެއް ބިނާކޮށްގެން. އަހަރެން ސްޓިކީގައި މަސައްކަތް ފެށީ ހަމައެކަނި މައިންބަފައިންނަށް އެކަން ކުރިއަށް ގެންދިއުމަށް ޓަކައި. އޭގެ ކުރިން އަހަރެން ދުވަހަކުވެސް އެއްގޮތަކަށްވެސް ފިހާރައިގައި މަސައްކަތް ކުރާތަނެއްވެސް ނުދެކެން."
"ސްޓިކީ"ގެ މެޓާ ވިޔަފާރި އެންމެ އުހުން އެންމެ އަޑިއަށް ވެއްޓުނީ ކޮވިޑު-19އާ ގުޅިގެން އައި ބޮޑު ފުރަބަންދާއެކު އެހެނިހެން އެތައް ވިޔަފާރިއެއްވެސް އަޑިއަޅައިގެން ދިޔަފަދަ އުސޫލުންނެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި އެވަގުތު އެންމެންވެސް އެންމެ ހާއްސަ ހަތިޔާރަކަށް އަދި އެހީތެރިއަކަށް، ހިޔާރު ކުރި ސޯޝަލް މީޑިއާއަށް މިއާއިލާވެސް ނުކުތީ އެމީހުންގެ ވިޔަފާރި ކޮޅަށް ޖެހުމަށް އާއަޒުމަކާއި އާއުއްމީދަކާއެކުގައެވެ.
ޓިކްޓޮކް އެކައުންޓް ލޯންޗުކުރި ފުރަތަމަ މަހު އެއް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ހޯދިއިރު މިހާރު އެ އެކައުންޓް 5 މިލިއަނާ ގާތްކުރެއެވެ. މިހާރު އެ ފިހާރައިން އެންމެ ހެޔޮވަރު، އެކަށީގެންވާ މިންވަރަކަށް ކަސްޓަމަރުން ލިބުމަކީ ހަމައެއްވެސް ކަމެއް ނޫނެވެ. އަނެއްކާވެސް ސުމަކުން އެމީހުންގެ ވެއްޓުނު މަންޒިލާ ދިމާއަށް އެމީހުންގެ މިމެޓާ ވިޔަފާރި ވަނީ މިސްރާބު ޖަހާފައެވެ.
"އަހަރެން ކުރާ އެންމެ ފާހަގަ ކުރެވޭ މަސައްކަތަކީ ފިހާރައަށް ކޮންޓެންޓް އުފެއްދުން. ހަފުތާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަކުރަނީ އިންސްޓަގްރާމަށް ސްޓިކީގައި ކެންޑީ ހެދުމުގެ ޕްރޮސެސްގެ ފޮޓޯ ނެގުމުގައި، ނުވަތަ ޓިކްޓޮކް އަދި ޔޫޓިއުބަށް ވީޑިއޯ ނެގުމުގައި. ކޮންމެ ދުވަހަކު ދެގަޑިއިރާއި ފަސްގަޑިއިރާ ދެމެދުގެ ވަގުތު ހޭދަކުރަނީ އަހަރެން ޝޫޓްކޮށް އަނެކުންނަށް ފެންނާނެހެން ފިހާރަތެރޭގައި ނަގާ ފިލްމަކީ ޝައުގުވެރިވާނެ ކަހަލަ އެއްޗަކަށް ވޭތޯ. އެވަރަށް ބަލައިފައި ނޫނީ އަހަރެން އެފަދަ އެއްޗެއް ނިންމާފައި ބެލުންތެރިންނަށް ދޫކޮށެއް ނުލަން."
މައުޟޫއަކާ ބެހޭގޮތުން ރަނގަޅު ކޮންޓެންޓެއް ހެދުމަށްޓަކައި، 19 އަހަރުގެ އެނަބަލް ކިންގް ގަބޫލުކުރާ ގޮތުގައި ތިމާ އަމިއްލައަށް އޭގެ ތެރޭގައި އުޅެ ތަޖުރިބާ ކުރެވެން ޖެހެއެވެ. ކެންޑީ ކޮންސްޓްރަކްޝަންގެ މައްޗަށް ކޮންޓެންޓް ފިލްމު ކުރާއިރު އޭނާއަށް ކުރެވެން އޮތް މިންވަރަކަށް އެ ޕްރޮސެސްގައި ބައިވެރިވާން މަސައްކަތް ކުރާކަމަށް އޭނާ ބުނެފައިވެއެވެ.
"ދުވަހުން ދުވަހަށް ކުރާ މަސްއޫލިއްޔަތުތަކާ އެއްވަރަށް، އަހަރެން ކޮންމެ ދުވަހަކު ކުރާ ހަމައެކަނި ކަމަކީ ބައްޕައާއެކު ކޮފީގައި ބައިވެރިވުން. އަނެއްހެން ހުރިހާކަމެއްވެސް ކުޑަކުޑަކޮށް ކުރަން. ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، ކެންޑީ ހެދުމާއި، ސާފުކުރުމާއި، ލޮލީ ޕެކްކުރުމާއި، އޮންލައިންކޮށް އޯޑަރު ދިނުން ފަދަ ކަންކަން ބަލަހައްޓަން. ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެންނަކީ އެކަމަށްޓަކައި އެމީހުންގެ އަންހެންދަރިފުޅު އަދި މުވައްޒަފުވެސްމެ."
އެނަބަލް ބުނާ ގޮތުގައި އޭނާއަކީ ފުލްޓައިމް، ކެންޑީ ނުވަތަ މެޓާ ހަދާ މީހެއްގެ ގޮތުގައި ވަޒީފާއަށް ނެގި މީހެއް ނޫން ކަމުގައި ވިޔަސް އޭނާ ދެކެނީ އަދި ގަބޫލު ކުރަނީ އެކަން އޭނާއަށް ވެދާނެ ކަމަށެވެ. މުޅި ދުވަހު ކެންޑީ ހަދަން ހަގީގަތުގައި ވެސް ވަކި ހުނަރުތަކެއް، އަދި އެތައް ދުވަސްތަކެއްގެ ތަމްރީނުވުން ތަފާތު އެތައް އުކުޅުތަކެއް ގެންގުޅެން ޖެހެއެވެ. ސްޓްރެޗިންގ(ދެމުމާއި) އާއި މޯލްޑިންގ(މޮޑުމަށް)އަށް ވަރަށް ގަޔާވެ ލޯބި ކުރިނަމަވެސް އެނަބަލްއަށް އަބަދުވެސް ވަކި މިންވަރަކަށް ކެންޑީ އުފުލުމުގައި މައްސަލަތައް ދިމާވެއެވެ. އެއީ ވަރަށްވެސް ބަރު އުފުލުމުގައި ބުރަދަން ބޮޑު އެއްޗަކަށްވީމައެވެ.
މި ޓީމުގެ އަމާޒަކީ ދުވާލަކު ގާތްގަނޑަކަށް ހަ ބެޗް، އެއީ 60 ކިލޯއާ އެއްވަރުގެ ކެންޑީ އުފެއްދުމެވެ. ބައެއް ފަހަރު، އެމީހުންނަށް ވަރަށް އަވަސް އަދި ފަސޭހަ ޑިޒައިންތަކެއް ހުންނައިރު، އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު މެޓާތަކެއްވެސް އުފެއްދެއެވެ. މިމެޓާތަކުގެ އެންމެ ހާއްސަ ކަމަކީ އެއީ ހުސް ހަކުރުން ތައްޔާރު ކުރާ އެއްޗަކަށްވީއިރު، އެމީހުން ބޭނުން ކުރާ ހަކުރަކީ ފަލަވުމާ މުޅިން ދެކޮޅު، ދުޅަހެޔޮ ބާވަތަކަށްވާ ކަމެވެ.
އަނެއްބައި ފަހަރު ޑިޒައިންތަކަށް އެތައް ވަގުތެއް ހޭދަކުރަންވެސް ޖެހިދާނެއެވެ. ސްޓިކީގެ ކެންޑީ، މެޓާއަށް ބޮޑުވަމުން އަންނަ ޑިމާންޑެއްގެ ސަބަބުން އެމީހުންގެ ހުރިހާ ލޮލީއެއްވެސް ބަރާބަރަށް ދަނީ ވިކެމުންނެވެ. އެމީހުންނަށް އެންމެ އުނދަގޫ ކަމަކީ ފިހާރައިގައި އަދި އޮންލައިންކޮށް ކެންޑީ ސްޓޮކްގައި ބެހެއްޓުމެވެ.
އެނަބަލް ކިންގް ސްޓިކީގައި މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ބުނާ ގޮތުގައި ސްޓިކީގައި މަސައްކަތް ކުރުމަކީ މިހާތަނަށް އޭނާއަށް އެންމެ ކަމުދިޔަ މަސައްކަތެވެ.
"ބޮސްގެ އަންހެން ދަރިއަކަށް ވުމުން އެ ގުޅުންތައް ކޮމްޕްލިކޭޓް ވެދާނެ ކަމުގައި ވިޔަސް އެކުގައި މަސައްކަތް ކުރާ އަހަރެންފަދަ އެހެން މެޓާމަސައްކަތްތެރިންނާ އަހަންނާ ވަރަށް ގުޅޭ. އެމީހުންދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަންނާ ދޭތެރޭ އިހުތިރާމާއެކު ކަންތައް ކުރެވެނީ، އަދި އެންމެން އެކުގައި މަސައްކަތް އަވަހަށް ކުރުމާއެކު ހުސްވަގުތުވެސް ހޯދާ މަޖާވެސް ކުރަން. އެކަމަކު މަންމަ ގާތު އެގޮތަށް އެވާހަކައެއް ނުބުނަން.