ޚަބަރު

އައިސީޓީއެސްއާރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މުހައްމަދު ޖަމްޝަތް ވަހީދު

ކްލިކް ކޮލެޖުން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އާއި އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީއާ ގުޅިގެން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައިސީޓީއެސްއާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި ކޮންފަރެންސްގެ ޝިއާރަކީ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ" އެވެ.

ދިރާގުން މިއަދު ބުނީ މި ޝިއާރުގެ ދަށުން ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން އެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރާނެ ކަމަށެވެ.

ދިރާގުން ބުނީ ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި އެކަޑެމިކް ބޭފުޅުން ވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އައިސީޓީއެސްއާރު ކޮންފަރެންސް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އއ. އުކުޅަހުގައެވެ.