މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި މިިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން، ނިމިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފަސް ބިލިއަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 22 ޕަސެންޓްގެ އިތުރުވުމެކެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ޖުމުލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 11.4 މިލިއަން ރުފިޔާ ދަށްވެފައެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 469 މިލިއަން ރުފިޔާ ލިބުނު އިރު، ދެވަނަ ކުއާޓަރުގައި ލިބުނީ 457 މިލިއަން ރުފިޔާ އެވެ.
ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ ފައިދާއަކީ 188 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ކުރީ ކުއާޓަރާ އަޅާބަލައި އިރު 3.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި