މާލޭގެ ގެއަކަށް ގްރޫޕަކުން ވަދެ މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 10:45 ހާއިރު ހިނގި އެ މާރާމާރީގައި ތިން މީހަކަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ މާފަންނުގެ އައިޓަމްސް ފިހާރަ ކައިރީގައި ހުންނަ ގެއަކަށް ވަދެއެވެ.

ރޭ ހިންގި މާރާމާރީ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.