ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 1.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ގަންނާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ޓީބިލްގެ ގޮތުގައި އަންނަ އާދީއްތަ ދުވަހު 1.2 ބިލިއަން ރުފިޔާ ވިއްކަން ވަނީ ކަނޑައަޅައިފައެވެ. ޓީބިލް ގަންނަ ފަރާތްތަކުން ޓީބިލަށްވާ ފައިސާ ހޯމަ ދުވަހު ސެޓްލް ކުރަންޖެހެއެވެ.
- 28 ދުވަހުން (29 އޮގަސްޓު 2022ގައި) ފައިސާ ދައްކަން ޖެހޭ، 419 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓް ރޭޓުގައި
- 98 ދުވަހުން ފައިސާ ދައްކަން ޖެހޭ، (7 ނޮވެމްބަރު 2022ގައި) 270 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓް ރޭޓުގައި
- 182 ދުވަހުން (30 ޖެނުއަރީ 2023ގައި) ފައިސާ ދައްކަން ޖެހޭ، 103.5 މިލިއަން ރުފިޔާގެ ޓީބިލް: %4،23 އިންޓަރެސްޓް ރޭޓުގައި
- 364 ދުވަހުން (31 ޖުލައި 2023ގައި) ފައިސާ ދައްކަން ޖެހޭ، 422.4 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓް ރޭޓުގައި
ޓީބިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ "ސަބްސްކްރިޕްޝަން" ފޯމް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރުން ވިއްކާ އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމުލައަކީ 62.7 ބިލިއަން ރުފިޔާއެވެ. އެގޮތުން އެތެރޭގެ މާކެޓަށް ވިއްކާފައިވާ ޓީބިލްތަކުގެ އަދަދު 52.6 ބިލިއަން ރުފިޔާއަށް އަރައި އިރު، ބޭރުގެ ފަރާތްތަކަށް 10.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ.
ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. ޓީބިލް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު