ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރެއަށް މާބަނޑު އަންހެނަކު ވިހެއި މައްސަލަ ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ، މިމަހު 16 ވަނަ ދުވަހު ހިނގި އެ ހާދިސާ އެ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަަލަމުން އަންނަ ކަމަށެވެ. އެކަން ބެލުމަށްފަހު، ބަލި މީހުންނަށްދޭ ހިދުމަތްތަކަކީ އެންމެ ހަރުދަނާ ހިދުމަތްތަކަކަށް ހެދުމަށްޓަކައި ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ މައްސަލަ ބަލަމުންދާތީ އެ ހާދިސާއާބެހޭ އިތުރު ތަފުސީލެއް ހޮސްޕިޓަލަކުން ނުދިނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރޭގައި އަންހެނަކު ވިހެއި މައްސަލައާ ގުޅޭ ގޮތުން ބައެެއް މީޑިއާތަކުން ބުނެފައި ވަނީ، އެމީހާ ވިހާފައި ވަނީ ދަރިފުޅުގެ ހާޓް ބީޓް ނުލިބިގެން ވިއްސާ ކޮޓަރިއަށް ގެންދަން ލިފްޓަށް އެރުވި ވަގުތު ކަމަށެވެ. އަދި އެމީހާ ވިހެއި ދަރިފުޅު ނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަބަދުވެސް އަމާޒަކީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ހަރުދަނާ ހިދުމަތްތަކަށް ހެދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު