މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ "ގްރާންޓް" ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ގްރާންޓަކީ އެމްއެމްސީން ކަނޑައަޅާ ވަކި ދާއިރާތަކުން ހަބަރާއި މައުލޫމާތާއި ރިޕޯޓްތައް ގެނައުން އިތުރުކުރުމަށްޓަކައި ނޫސްވެރިންނަށް ދޭ ގްރާންޓެކެވެ. މި ގްރާންޓާ ގުޅޭ ގޮތުން އެމްއެމްސީން އިއްޔެ ކުރި އިއުލާނެއްގައި ގްރާންޓް ދިނުމަށް ފަސް ކެޓެގަރީ އެއް ހިމަނާފައިވާ އިރު ގްރާންޓު ދިނުމަށް ހަމަޖެއިފައިވަނީ ހަތަރު ހުށަހެޅުމަކަށެވެ. އަދި އެއިން ކޮންމެ ހުށަހެޅުމަކަށް 3000 ރުފިޔާ ގްރާންޓު ކުރުމަށް އެމްއެމްސީން ވަނީ ކަނޑައަޅައިފައެވެ.
- މޫސުމާއި ތިމާވެށި
- މިންތީގެ ހަމަހަމަކަން
- ހެޔޮ ވެރިކަން
- ފައިނޭޝިއަލް ރިޕޯޓިން
- އިންވެސްޓިގޭޓިވް ޖާނަލިޒަމް
މި ގްރާންޓަށް އެދޭ ނޫސްވެރިން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ގެ ކުރިން، ގްރާންޓަށް އެދޭ ފޯމާއި ލިޔެކިޔުންތައް އެމްއެމްސީއަށް ހުށަހަޅަން ޖެހެއެވެ.
އެމްއެމްސީން ބުނީ މިގްރާންޓް ދިނުމަށް ކަނޑައެޅުމުގައި ސްޓޯރީގެ އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކްކަމާއި ހަރުދަނާކަމާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ އަސަރުތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.
އެހެންކަމުން ގްރާންޓު ހޯދުމަށް ހުށަހަޅާ ފޯމާއެކު 100 ބަހަށް ވުރެ ދިގު ނޫން ސްޓޯރީ އައިޑިއާއެއް ހުށަހަޅަން ޖެހޭއިރު ސްޓޯރީގެ ސުރުހީގައި ޕްރޮޕޯސަލް އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކް ކޮށްދެނީ ކޮންކަމެއްކަން ހިމަނަން ވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު