ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލްކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާން ހަފްސީ އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، މިފަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާނީ އެ ދުވަހުގެ ހެނދުނު ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ. އެ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 6:00 ޖަހާއިރުއެވެ.
"އެހެން ހަރަކާތްތައް ކެންސަލްކޮށްފައި މިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެ ހަރަކާތްތައް ނުބޭއްވުމަށް ސަރުކާރުން އެންގުމުން،" ހަފްސީ ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަަނދުބުރުގެ ހަރަކާތްތަކަކީވެސް މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން އިންތިޒާމުކުރާ ހަރަކާތެކެވެ.
ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީ ދައުލަތުގެ ހަރަދުކުޑަކުރަން އަންގައި ސަރުކާރުގެ ހުރިހާ އޮފީހަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު