މާލެ ކައިރިން ޕިކްނިކް އައިލެންޑެއް ގޮތުގައި ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ފެހިކުރުމުގެ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ކުންފުނިން ބައިވެރިވެއްޖެއެވެ.
އެލައިޑުގެ އިޖުތިމާއީ ޒިންމާގެ އޮނިގަނޑަށް ހާއްސަ "ގްރީން ފޯ ގުޑް"ގެ ދަށުން، އިއްޔެ ކުޑަގިރީގައި ކުރިޔަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގައި އެކުންފުނީގެ އިސްވެރިން ހިމެނޭ ގޮތަށް 60 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތާ ގުޅިގެން އެލައިޑުން ވަނީ އެމްޓީސީސީ އާއި ސަރުކާރުގެ އެހެންނިހެން ވުޒާރާތައް ގުޅިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ މި ފުރިހަމަ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ އިސްނެގުންތަކުގައި އެލައިޑުގެ ހީވާގި މުވައްޒަފުން ނުކުމެ ނަމޫނާ ދައްކަމުންދާތީ އުފާކުރާ ކަމުގައި އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން، އެކުންފުނީގެ އުއްމީދަކީ މުސްތަގުބަލުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ އެކި ގޮފިތަކުގެ ތެރެއިން އާންމުންނަށާއި ތިމާވެއްޓަށް މުހިންމު މަސައްކަތްތަކެއް ކޮށްދީ، އާންމުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތާއި އެއް ފެންވަރުގެ އޮނިގަނޑެއް އިޖްތިމާއީ މަސައްކަތްތަކުގައި ވެސް އެކުލަވައިލުން ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.
ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށް ވާއިރު، ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ކަންކަން ކުރުމަށް އެލައިޑުން އަބަދުވެސް އަހައްމިއްޔަތުކަންދެއެވެ. އެގޮތުން ހިދުމަތް ދިނުމުގައި ޕޭޕާލެސް ގޮތްތައް ހިޔާރުކޮށް، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަށް އާންމުން އަހުލުވެރި ކުރުވައި، އޮފީސް މާހައުލުގައިވެސް ތިމާވެއްޓާއި ރައްޓެހި އުސޫލުތަކަށް އިސްކަންދިނުމަށް 2019 ވަނަ އަހަރު ވަނީ "ގްރީން ފޯ ގުޑް"ގެ ނަމުގައި ޕްލެޖްތަކެއް އިފްތިތާހުކޮށްފައެވެ.
މިޕްލެޖްތައް މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެލައިޑުން އަންނަނީ ޒިންމާދާރުކަމާއި އެކު ސާބިތުކަން ދައްކަމުންނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް
ކުޑަގިރި ޕިކްނިކް އައިލެންޑް