ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދޭ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2022" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 15ގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި އެވޯޑަށް ކުރިމަތިލާން ޖެހެނީ އެކަމަށް ހާއްސޮށްފައިވާ ފޯމަކުންނެވެ.

މިއީ ވިމުން މި އެވޯޑް ބާއްވާ ފަސްވަނަ އަހަރެވެ. މިއަހަރުގެ އެވޯޑުގައިވެސް ހަތަރު ކެޓަގަރީއަކުން އެވޯޑު ދޭނެއެވެ. އެއީ ކެރިއާ އެވޯޑް ކެޓަގަރީ، ބިޒްނަސް އެވޯޑް ކެޓަގަރީ، ޕްރޮފެޝަނަލް ކެޓަގަރީ، ސްޕެޝަލް އެވޯޑް ކެޓަގަރީއެވެ. ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމަން އެވޯޑްސް ލިބޭ ފަރާތްތަކަށް ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަށް ނޮމިނޭޓްވާނެއެވެ.

ވިމްއެމްވީގެ ރައީސާ މިންހާ ފާއިޒު ރަޝާދު (މިންނު) ވިދާޅުވި ގޮތުގައި މި އަހަރުގެ އެވޯޑު ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ ކ. މާފުށީގައެވެ. އަދި ސްޕެޝަލް އެވޯޑް ކެޓަގަރީގެ ދަށުން އާ ތިން އެވޯޑެއްވެސް މި އަހަރު އިތުރުކޮށްފައިވާނެ ކަމަށް މިންނު ވިދާޅުވިއެވެ.

  • އިންޓަނޭޝަނަލް ވިމެން ލީޑާޝިޕް އެވޯޑް
  • އެކްސްޕެޓްރިއޭޓް ކޮންޓްރިބިއުޝަން އެވޯޑް
  • އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މޯލްޑިވްސް ޑިވެލޮޕްމަންޓް އެވޯޑު

ވިމްއަކީ އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމްއިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://docs.google.com/document/d/1BiqgNv3HRqkVzuXvj3NhOSlXMKNeBg6x/edit?fbclid=IwAR1imixy5RFToTHZYVdklF5YDMQ72bqFje73HBgyUFM33-C29NSUHbOpAaU&usp=embed_facebook&usp=embed_facebook