ކޮވިޑްގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 309 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 89 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 309 އަށް އަރައިފައެވެ. އެއީ 285 ދިވެހީންނާއި 19 ބިދޭސީންނެެވެ.
ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު