ބ. އުނޑޫދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ރޭ ހިންގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން އެކެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބ. އަތޮޅު ފަޅުރަށެއްގައި ދެ ބިދޭސީއެއްގެ ދެމެދު މާރާމާރީއެއް ހިންގައި އެތަނުން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 9:57 ގައި ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 45 އަހަރުގެ ބިދޭސީއަކަށް ކަމަށާއި އޭނާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހާލު ވަރަށް ކުރިޓިކަލް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލް ޑިރެކްޓަރު މުހައްމަދު ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވާ ބިދޭސީއަކު އެ ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގެނައި ކަމަށެވެ. އަދި އޭނާގެ ބަނޑަށާއި ހަށިގަނޑުގެ އެތަން މިތަނަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިޔާވި މީހާގެ ބަނޑުގެ އޮޕަރޭޝަނެއް މިހާރު ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު މަޑު މަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކުވެސް ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 43 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު