ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ދިޔަ ހުރިހާ ހައްޖާޖީންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ހައްޖު މިޝަނުން މިއަދު ބުނީ، ދިވެހި ހައްޖާޖީން އަރަފާތު ބިމަށް ގޮސްފައިވަނީ މިއަދު ހެނދުނު 11:00 ގައި ކަމަށެވެ.
"ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި. ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު،" ހައްޖު މިޝަނުން ބުންޏެވެ.
ރާއްޖެއިން މިއަހަރު ޖުމުލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާނެއެވެ. އެ އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
އަރަފާތުގައި ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިއުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކޮށް ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު