އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވައިފިއެވެ.
ތިން އަހަރަށްފަހު ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ އިތުރުން ބޮރިސް ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުންވެސް ވަކިވެވަޑައިގެންފައެވެ.
ބޮރިސް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވައި އެކަމާ ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާ ގުޅިގެންނެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި އާ ބޮޑުވަޒީރަކު އައްޔަންކުރަންދެން ބޮރިސް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާނެއެވެ.
މިދިޔަ ޖޫން މަހު ބޮރިސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަންވެސް މަސައްކަތްކުރިއެވެ. އެއީ ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅާފައި ވަނިކޮށް ބޮޑުވަޒީރުގެ އޮފީހުގެ މުވައްޒަފުންނާއެކު ޕާޓީކުރިކަން ފަޅާއެރުމާ ގުޅިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ