ޚަބަރު

އީދު ތެރޭގައި އައިޖީއެމްއެޗުގެ އޯޕީޑީ ހަތަރު ދުވަހު ބަންދުވާނެ

އަލީ ޔާމިން

މިއަހަރުގެ ބޮޑު އީދު ދުވަހާއި މިނިވަން ދުވަހާ ގުޅިގެން އައިޖީއެމްއެެޗުގެ އޯޕީޑީ ބަންދުވާނެ ދުވަސްތައް އިއުލާނުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ، ބޮޑު އީދާ ގުޅިގެން ޖުލައި 9، 10 އަދި 12، 13 ގައި ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. މިނިވަން ދުވަހާ ގުޅިގެން އޯޕީޑީ ބަންދުވާނީ 26 އަދި 27 ވަނަ ދުވަހުއެވެ.

އެ ދުވަސްތަކުގައި އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތަައް ލިބޭނެއެވެ. އަދި މިމަހުގެ 11 އަދި 14ގައި އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑިގެންދިޔަ ނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.