ޚަބަރު

ރާއްޖޭގައި ކިޔަވައިދޭން އުޅުނު އިންޑިއާ ޓީޗަރަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފި

ރާއްޖޭގައި ކިޔަވައިދޭން އުޅުނު އިންޑިއާ ޓީޗަރަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެދިގެން ނެރެފައިވާ ރެޑް ނޯޓިސްގައިވާ ގޮތުން އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ އޮމަނަކުއްޓަން ކަރޫނާކަރަކުރޫޕު ހޯދަން އިއުލާނު ކުރީ 2020 އިން ފެށިގެން އެކި ފަހަރު މަތިން އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރަމުން ދިޔަ ކަމަށް ބުނާ މައްސަލައެއްގައެވެ،

ހިސާބު ޓީޗަރެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އެ މީހާ ރާއްޖެއިން ފިލައިގެން ގޮސްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލައިގެ ތަފުސީލުތަކެއް އަދި ނޭނގޭއެވެ. ފުލުހުންވެސް އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.