ކޮންމެ ކަހަލަ އިސްތަށިގަނޑެއް އޮތަސް އެންމެ ރީއްޗަށް ގެންގުޅުމަކީ ކުރާހިތްވާ ކަމަކަށް ނުވޭ ހެއްޔެވެ. އިސްތަށިގަނޑު ޝޭމްޕޫން ދޮވެ ކޮންޑިޝަނާ ކޮށް ނިމިގެން ދެން ބޭނުން ވާނީ އަވަހަށް ހިއްކުމަށެވެ. އަދި މުޅިން ނުހިކުނަސް ތެލާއި ހެއާކްރީމް ލައިގެން ނުވަތަ ހެއާ ޓޯނާއެއް ލައިގެން ނަމަވެސް އިސްތަށިގަނޑު އޮމާންކޮށް ސްޓައިލްކޮށްލަން ބާނުންވާނެއެވެ.

ބައެއް ކަހަލަ އިސްތަށިގަނޑު ގެންގުޅުމަކީ ދަތިކަމަކަށް ވުމުން ފުނާ އެޅުމުގައި ނުވަތަ ބުރުހުން އިސްތަށިގަނޑުން ގޮށް ފިލުވުމަށް ކުރާ މަސައްކަތުގައި އިސްތަށިގަނޑަށް އެތައް އަނިޔާއެއް ލިބެއެވެ. އިސްތަށިގަނޑަށް މިގޮތަށް އަނިޔާ ނުކޮށް އަދި ވަރަށް ޗާލުކޮށް ރީތިކޮށްދޭ މި ބުރުހަކީ ވަރަށްވެސް ފައްކާ ބުރުހެކެވެ. އަޖުމަ ބަލައިނުލެވޭ ކަމަށްވާނަމަ، އަވަހަށް މީގެ ބުރުހެއް ގަންނަން އުޅެމާ ހެއްޔެވެ. މިއީ ކޮންމެ ވައްތަރެއްގެ އިސްތަށިގަނޑަކާވެސް ރައްޓެހި ބުރުހެކެވެ.

ކުޑައިރު މަންމަ ނޫނީ ބޮޑުދައިތަ އިސްތަށިގަނޑު އޮމާންކުރާއިރު ކަންފަތުން އާވި ހޫނު އަރާ ވަރަށް ބޮލުގެ ތަލައިން ދިލަނަގާ ވަރަށް ފުނާ އަޅައި ދަމާލަދޭނެއެވެ.

އިސްތަށިގަނޑު އެކުލެވިގެންވަނީ ޕޮޒިޓިވް އަދި ނެގެޓިވް އަޔަން (ion)ތަކުންނެވެ. ކޮންމެ ދުވަހަކު ކުރާ ކަންތައްތަކުގެ ސަބަބުން އިސްތަށިގަނޑު ތުވާލިން ހިއްކުން ފަދަ ކަންކަމުގެ ސަބަބުން އިސްތަށިގަނޑުގެ އެކުލެވުމުގެ ތެރޭގައި އިންބެލެންސެއް އުފެދެ އެވެ. މާ ގިނައިން ޕޮޒިޓިވް އަޔަންސް ގިނަވުމުން އިސްތަށިގަނޑު ސްޓައިލް ކުރަން ދަތިވެއެވެ. އެހެންނަމަވެސް މި ފްރިޒް ބުރުހަކީ އަވަހަށް ބޭނުން ކޮށްލެވޭ ބެޓެރީއަކުން ބޭނުން ކުރާ އެއްޗެކެވެ. މީގައި ފެހިކުލައިގެ ބޮތްކެއް ހުރެއެވެ. އޮން ކުރުމަށް ފަހު ބޮކި ދިއްލުމުން ބޭނުން ކުރަން ވީއެވެ. ހާސްވުމެއް މާބޮޑަށް ސަމާލުވެ ވިސްނުމެއް ނެތި، ނުހަނު ފަސޭހައިން ގޮށްފިލުވައި، އިސްތަށިގަނޑު މަޑުމަޑު ފަށުވިކޮޅެއްހެން އޮމާންކޮށްލެވެއެވެ. ކޮންމެވެސް ވަރަކަށް އިސްތަށިތައް ސީދާވުމުން، ކުޑަކުޑަ މިންވަރަކަށް މިބުރުހުން ސްޓްރެއިޓްނާއެއްގެ ދައުރުވެސް އަދާކުރެއެވެ.

އެންމެ ބަޓަނަކުން މިފްރިޒް ފްރީ ބުރުސް ދިއްލިލާފައި، (ބިލްޓް-އިން، އަޔަން ޓެކްނޮލޮޖީ) ވަގުތުން ބުރުސް ކުރާ އިސްތަށިގަނޑަށް ނެގެޓިވް އަޔަން ދޫކުރަން ފަށައެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ފެންނަ، ސިލްކީ ކަހަލަ އޮމާން އިސްތަށިގަނޑެއް އަލުން ހޯދައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

"އަލަށް ގެނައި ވައްތަރެއްވީމަ ހުސްވެފަ ގެންނަން ވެފަ އޮންނަނީ، ތިންވަނަ ޝިޕްމަންޓް މިހުސްވަނީ." 'ޝޮޕިންގބޭގް' އެމްވީން މައުލޫމާތު ދިން ގޮތުގައި މިއީ އެއްވަނައިގެ ބުރުހެކެވެ. އަދި މީގެ އަގުވެސް ވަރަށް އަތްފޯރާ ހިސާބުގައި ޖީބަށް ލުއިކޮށް އޮތުމަކީ މީހުންނަށް މިބުރުސް ގަތުމަށް ލިބޭ އިތުރު ބާރެކެވެ.