ދަތުރުކުރާ މީހުން ގިނަވެ އެއާޕޯޓަށް ބާރުބޮޑުވާތީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެގޮތަށް އެދުނީ ޗެކިން ކިއުތައް ދިގުވެ، އިތުރު ޑިލޭތަކެއްވުމަކީ އެކަށީގެންވާ ކަމަކަށްވާތީ ކަމަށެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، އެއާޕޯޓުގައި މާސްކު އެޅުމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް އެޅުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ބޮޑު އީދު ބަންދާއި ސްކޫލް ބޮޑު ބަންދުގައި ގިނަ އަދަދެއްގެ މީހުން މާލެއިން ރަށްރަށް ދަތުރުކުރެއެވެ. އިއްޔެ ސްކޫލް ބަންދު ފެށުނުއިރު، މި މަހުގެ އަށް ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއަށްފަހު އަންނަ ބޮޑު އީދު ޗުއްޓީއަށް ފަހު މިނިވަން ދުވަހާ ގުޅިގެންވެސް ބޮޑު ޗުއްޓީއެއް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު