ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ރާއްޖެ އާއި ކިއުބާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންގެ ފުރަތަމަ ބެޗް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިން ގެނައުމަށް ކިއުބާ ސަރުކާރާއެކު ހެލްތް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ކިއުބާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުއެވެ. ކިއުބާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލެތް މިނިސްޓަރު ޑރ. ޖޯސް އެންޖެލް ޕޯޓަލް މިރިންޑައެވެ.
ހެލްތް މިނިސްޓްރީން މިއަދު ބުނީ، އެ އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންގެ ފުރަތަމަ ބެޗް މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި މިއަދު ރާއްޖެ އައިސްފައިވަނީ ހަތަރު ސްޕެޝަލިސްޓް ޑޮކްޓަރުން ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު އިތުރު 12 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.
އެ ޓީމްގައި ހެމޮޓޮލިސްޓަކާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތްކުރުމަށް ސައިކޭޓްރިސްޓަކާއި ދަމަނަވެށީގައި މަސައްކަތްކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު