މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެމްޓީޑީން މިއަދުކުރި ޓުވީޓެއްގައި ބުނީ، އަދީބުގެ ސިއްހީ ހާލަތު ދަށްވެގެން މިއަދު އައިޖީއެމްއެޗް ފްލޫ ކުލިނަކަށް ދެއްކުމުން، ކޮވިޑަށް ޓެސްޓުކުރި އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދީބަކީ ގިނަ ބަލިތަކަށް ފަރުވާ ކުރަމުން އަންނަ ކޮވިގެ ހައި ރިސްކު ފަރާތެއް ކަމަށްވެސް އެމްޓީޑީން ބުންޏެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވުމުން އަދީބު ވަނީ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަދީބުގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.