އދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
ހަންޏާމީދޫ ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް ދެމުން އެމްޓީސސީން މިއަދު ބުނީ އެމަޝްރޫއުގެ މަސައްކަތުގެ 86 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކ ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.