ހެލްތު މިނިސްޓްރީގެ ނަމުގައި ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އާންމު ފަރާތްތަކަށް އޮޅުވާލުމުގެ ކޯލުތަކެއް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, އޮޅުވާލުމުގެ ކޯލްތައް ކުރަމުންދަނީ އެ މިނިސްޓްރީގެ ކުރަމުން އަންނަ ސޭވޭއަކާ ގުޅިގެން ކަމަށް ބުނެ ކަމަށެވެ.
އަދި އެގޮތަށް ގުޅައި ޒާތީ މައުލޫމާތު ހޯދައި އީމެއިލް އެކައުންޓުތައް ހެކު ކުރަމުންދާކަން ފާހަގަވެފައިވާތީ، އެކަން ފުލުހުންނާއި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ, މިނިސްޓްރީން މިވަގުތު ސާވޭއެއް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު