މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްއެމްސީން ބުނީ އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށެވެ.
އެ ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު"ގައި އާންމުކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.
އެ އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އޮގަސްޓް 11 ވަނަ ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން، އިނާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައި ކަމަށެވެ.
އެގޮތުން ނިއުސް ގްރެފިކްސް އަދި އިލަސްޓްރޭޝަންސްގެ ދާއިރާއަށް ހުށަހެޅޭނީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މީިޑިއާގައި ޝާއިއުކޮށްފައިވާ ގްރެފިކްސް އާއި ކުރެހުންތަކެވެ. އެ ދާއިރާއަށް ހުށަހެޅޭނީ އިންފޮގްރެފިކްސް، އިލަސްޓްރޭޝަންސް، ކެރިކެޗާ އަދި ކާޓޫން ފަދަ ވިޝުއަލްސް ކަމަށް އުސޫލުގައިވެއެވެ.
އޭގެ ތެރެއިން ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.