ޑިމާންޑު ބޮޑުވެ، ށ. ފުނަދުއާއި ހއ. ހޯރަފުއްޓާއި، ތ. ތިމަރަފުށީގެ އިތުރުން ލ. ކައްދުއަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު މާލެއިން ފުނަދުއަށް އަދި ހޯރަފުށިން މާލެއަށް އިތުރު ފުލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މާލެއިން ތިމަރަފުއްޓަށް އަދި ތިމަރަފުށިން ކައްދުއަށްވެސް އިތުރު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ގައުމީ އެއާލައިނުން ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 އަށް ޑިމާންޑަށް ބަލައި އީދު ބަންދާ ދިމާކޮށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށެވެ.

އަންނަ މަހު އީދު ބަންދުގެ އިތުރުން ސްކޫލުގެ ބޮޑު ޗުއްޓީ ވެސް ފެށޭނެއެވެ. އެހެންކަމުން އަންނަ މަހު ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.