އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ ހުއްދަ އެ ކޮމިޝަނުން ބާތިލުކޮށްފިއެވެ.
"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ.ހިތަދޫ، ކަނަދޫގެ، އަހުމަދު ސައީދަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕާޓީ އުފައްދަން އަހުމަދު ސައީދަށް ދިން ހުއްދައިގެ މުއްދަތު ހަމަވި އިރު، އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ހުއްދަ ކޮމިޝަނުން ބާތިލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުންދޭތާ ތިން މަސް ދުވަހުގެ ތެރޭ 3000 މެންބަރުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. 3000 މެންބަރުންގެ ފޯމު ސައްހަ ކަމަށްވާ ނަމަ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދޭނެއެވެ. ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ މި ކަންކަމަށް ފަހުއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 11 ޕާޓީއެއް އެބަ އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު