ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 301 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލޭގައި ގާއިމުކުރި ދެވަނަ ކޮވިޑް ފެސިލިޓީ، އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ 11:30ގައެވެ.
މިއީ މިމަހު ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ. އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 301 އަށް އަރައިފައެވެ. އެއީ 282 ދިވެހީންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު