ނުވަ ކޭސް ބަނގުރަލާއެކު ދެ ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހޯމަ ދުވަހުގެ ފަތިހު 5:30 އެހާކަންހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައި ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވަން އުޅުނު ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުން ޕިކަޕަށް އަރުވަން އުޅުނު ނުވަ ކޭސް ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި ދެ މީހުންނާއެކު އެކު އުޅުނު އިތުރު ދެ ބިދޭސީން ފުލުހުން ފެނުމުން ފިލާފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ ބަނގުރާ މައްސަލައިގައި ފުލުހަކު ހިމެނޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްފައިވަނީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު