ވެލާ ޕްރައިވެޓް އައިލެންޑް މަރާމާތަށް ބަންދުކޮށްފިއެވެ.
ނ. އޮރިމަސްވަރުގައި ހިންގަމުން އަންނަ ލަގްޒަރީ ރިސޯޓު، ވެލާ ޕްރައިވެޓް އައިލެންޑް މަރާމާތަށް ބަންދުކުރީ މިދިޔަ މެއި މަހުއެވެ. ޗެކް ރެޕަބްލިކްގެ ކުންފުންޏަކަުން ހިންގަމުން އަންނަ އެ ރިސޯޓު އަންނަ ސެޕްޓެމްބަރު މަހު 15ގައި ހުޅުވާނެ ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.
މަރާމާތަށްފަހު އަލުން ހުޅުވާއިރު ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖް އެންޑް ސްޕާ އޮޕަރޭޝަންތަކުގެ ތެރެއިން އާ ބައެއް ވަސީލަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.
އެގޮތުން ރިސޯޓުގެ ރީތި އޯވަވޯޓާ ސްޕާ ވެގެންދާނީ ވެލްނެސް ވިލެޖަކާއި ސްޕާ ކެއުންތަކާއެކު އާ ވެލްނެސް ރެސްޓޯރެންޓަކަށް ކަމަށާއި އަދި ރިކްރިއޭޝަނަލް ފެސިލިޓީތަކާއި ކޮޓަރިތަކާއި އެފް އެންޑް ބީ އޭރިއާތައްވެސް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.
"ރާއްޖެއަށް ބޮޑެތި ފަސޭހަތަކާއި ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ގެނައުމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް، އެކަން ހަގީގަތަކަށްވީ އަޅުގަނޑުމެންގެ ވެލާ އާއިލާއާއި އެ އާއިލާއަށް ސަޕޯޓަރުންގެ ވަރުބަލިކަމެއް ނެތް ކޮމިޓްމަންޓާއި ބުރަ މަސައްކަތުން،" ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވޭން މިލްގޭޓް އެންމެ ފަހުން ނެރުނު ވެލާ މޮމެންޓްސް މެގަޒިންއަށް ވިދާޅުވެފައިވެއެވެ.
ވެލާ ރިސޯޓުގައި 43 ޕްރައިވެޓް ވިލާއާއި ހަތަރު ކޮޓަރީގެ ދެ ރެސިޑެންސް ހުރެއެވެ. މިއިން ކޮންމެ ވިލާއެއްގައި ޖާގަތަނަވަސް އައުޓްޑޯ ސްޕޭސްއަކާއި ޕްރައިވެޓް ޕޫލެއް ހުރެއެވެ. އަދި އޯވާވޯޓާ 18 ވިލާ ހަދާފައިވާއިރު، ގައުޝަން ޑި ސިލްވާގެ ކަލިނަރީ ޑިރެކްޝަންގެ ދަށުން ތިން ރެސްޓޯރެންޓަކާއި ހައި އެންޑް ސްޕާއަކާއި ގޯލްފް ލެޖެންޑް ހޯސޭ މާރިއާ އޮލާޒާބަލް ފަރުމާކޮށްފައިވާ ގޯލްފް ކޯހެއް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު