ޖަޕާނުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދަށުން 2023 ވަނަ އަހަރަށް ޖަޕާން ސަރުކާރުން ހުށަހަޅާ ސްކޮލާޝިޕް ފުރުސަތުތައް ކުރިއަށް ގެންދިއުމަށްޓަކައި އެގައުމުން ރާއްޖެއަށް 13.338.300 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ޖަޕާނުން މި ދިން ފައިސާގެ އެހީގައި، ރާއްޖޭގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އިތުރަށް ކުރިއެރުވުމަށް ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ދަރިވަރުންނަށް ހާއްސަ ކޮށްގެން ހިންގި ޕްރޮގްރާމަށްވެސް ސްކޮލާޝިޕް ލިބޭނެއެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެގައުމުން ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވި ދަތިތަކުން އަރައިގަތުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިންނަށް ބޭނުންވާ ގިނަ ސާމާނާއި އާލާތްތައްވެސް އެ ގައުމުން ފޯރުކޮށްދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު