ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަކަށް ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް މިއަދު އިންތިހާބުކޮށްފިއެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު މިމަހުގެ 13 ވަނަ ދުވަހަށް ހަމަވާތީ، މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމަށް 765 އާއްމު މެންބަރުން ރަޖިސްޓަރީކޮށްފައިވެއެވެ.
ބާ ކައުންސިލްގެ ރައީސް ކަމަށް ވިޝާމާއެކު ވާދަކުރެއްވީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ވަކީލް މުހައްމަދު ފައިސަލެވެ. އެ ކައުންސިލްގެ ރައީސަކަށް ވިޝާމް އިންތިހާބުވީ، 270 ވޯޓާއެކުގައެވެ. މުހައްމަދު ފައިސަލަށް ލިބިލެއްވީ 182 ވޯޓެވެ.
ނައިބު ރައީސްކަމަށް މިޒްނާ އަހުމަދު އެކަނި ވާދަކުރެއްވުމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.
ބާ ކައުންސިލްގެ ރައީސް ކަމަށް ވިޝާމް އަދި ނައިބަށް މިޒްނާ އިންތިހާބުވި އިރު، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ދެން އިންތިހާބުވީ، މިހާރު ވެސް ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ވަކީލް އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރެވެ.
އެގްޒެކެޓިވް ކޮމިޓީގެ ދައުރަކީ ތިން އަހަރެވެ. އިންތިހާބުކުރާ މެންބަރުންގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބަކީ އިންތިހާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހުންނަވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު