ރިސޯޓެއްގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ މުވައްޒަފަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މަރުވެފައިވަނީ ދ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 42 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:27 ހާއިރު މެޑިކަލް އެމެޖެންސީއެއްގައި ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެކަމުގެ އިތުރު މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ނިޔާމަ ރިސޯޓުގެ މުވައްޒަފެކެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.