ޚަބަރު

ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ" ދިރާގު ޓީވީ އަދި ދިރާގު ވީއޯޑީއަށް

ރިފާ ހަލީލު

ބިރުވެރި ސިލްސިލާ ޑްރާމާ ސީރީޒް "ބިރުވެރީ ވާހަކަ" ދިރާގު ޓީވީ އަދި ދިރާގުޕްލޭ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުގައި ޕްރިމިއާކޮށްފިއެވެ.

މި ސީރީޒްގެ ޑައިރެކްޓަރު ބުނީ، "ބިރުވެރި ވަހަކަ" އަކީ އާދަޔާ ހިލާފު ބިރުވެރި ސީރީޒެއް ކަމަށެވެ. އަދި އެ ސީރީޒުގެ ކޮންމެ އެޕިސޯޑެއްގައިވެސް ތަފާތު ވާހަކައެއް ކިޔައިދޭނެ ކަމަށާއި އެ އެޕިސޯޑަކީ ދިވެހި އޯޑިއަންސަކާ ވަރަށް ގުޅޭނެ އެޕިސޯޑެއް ކަމަށް ޑައިރެކްޓަރުން ބުނެއެވެ. އަދި މި ސީރީޒް ކޮންމެ ހަފުތާއަކު ދިރާގު ޓީވީ އަދި ދިރާގުޕްލޭ ވީޑިއޯ އޮން ޑިމާންޑުން ގެނެސްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ބިރުވެރި ވާހަކައިގެ ޑައިރެކްޓަރު އަދި އައި ފިލްމުގެ ސީއީއޯ އިލްޔާސް ވަހީދު (އިއްލެ) ވިދާޅުވީ، ބިރުވެރި ވަހަކައަކީ އައިފިލްމްސްއިން ކުރިއަށް ގެންދިޔަ ފުރަތަމަ ސީރީޒް ކަމަށެވެ. އަދި މި ފުރުސަތު ދިނީތީ އިއްލެ ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައިފައެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޓެލެންޓް ދައްކާލުމުގެ ފުރުސަތެއް ނުލިބޭ. އަދި ފިލްމުތައް އުފެއްދުމުގައި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔަ، މި ބަލިމަޑުކަމަށްފަހު އެންމެ ފަހުން އަޅުގަނޑުމެން މިތިބީ ސީރީޒް ލޯންޗުކުރަން ތައްޔާރަށް. އަދި ޝައުގުވެރިކަމާއެކު އަޅުގަނޑުމެންގެ އޯޑިއަންސްގެ ރިއެކްޝަނަށް އިންތިޒާރުކުރަން. ދިރާގުން އަޅުގަނޑުމެންނާއެކު ސާބިތުވެ ތިބީތީ ޝުކުރު އަދާކުރަން، އަދި މި ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" އިއްލެ ވިދާޅުވިއެވެ.

ދިރާގުގެ ދިރާގު ޓީވީ ޕްރޮޑަކްޓް މެނޭޖަރު ހައްސާން ހުސްނީ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ހުރިހާ ގޮންޖެހުންތަކާއެކު އެންމެ ފަހުން މި ފޯރިގަދަ ސީރީޒް ކަސްޓަމަރުންނަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދިރާގު ޓީވީ ކަސްޓަމަރުންނަށް އާ ކޮންޓެންޓް ގެނެސްދިނުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ރާއްޖޭގައި ޕްރިމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީޑިއޯ އޮން ޑިމާންޑް ފީޗާ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ވީއޯޑީއަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި އަލުން ރީޑިފައިން ކޮށްދޭނެ އީޖާދީ ފީޗާއެކެވެ. މި ފީޗާއިން ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ މުނިފޫހިފިލުވުމުގެ ގިނަ އޮޕްޝަންތަކެއް ލިބިގެންދާނެއެވެ.