އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން ބާއްވާ "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގުރާމް" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ކުދިންގެ ބެލެނިވެރިންނާއި ސަރުކާރާއި އަދި ޔުނިސެފްގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނިސެފާ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ފެށި އެ ޕްރޮގުރާމް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގުރާމް"ގެ މަގުސަދަކީ ކުދިން ހެދިބޮޑުވުމުގައި އެހީތެރިކަންދީ ކުދިންގެ ގާބިލުކަން ހުރި އެންމެ މަތީ މިންވަރަކަށް، އެ ކުދިންގެ ގާބިލުކަން އިތުރުކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިކަމުގެ ރަނގަޅު ހުނަރުތައް ބެލެނިވެރިންނަށް ދަސްކޮށްދީ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމެވެ.
އެ ޕްރޮގުރާމަކީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު" ގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ދިރިހުރުމާއި ތަރައްގީއަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލުހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
އަދި އެއީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާއި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައިންބަފައިންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް އިތުރަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކަށްވެސް ހައްލުތައް ހޯދުމަށް އަމާޒު ހިފާފައިވާ ޕްރޮގުރާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު