ދުނިޔޭގައިވާ އެންމެ އުސް އިމާރާތަކީ ދުބާއީގައި ހުންނަ ބުރުޖު ޚަލީފާއެވެ. ގާތްގަޑަކަށް ބައިމޭލުގެ އުސްމިން ލިބިފައިވާ މި އިމާރާތުގެ އެންމެ މައްޗާއި ތިރިޔަށް އިރުއޮއްސޭ ވަގުތުވެސް ތަފާތެވެ. އެންމެ ތިރީގައި ތިބޭ މީހުންނަށް އިރުއޮއްސި އެތައް މިނިޓެއް ހިނގާއިރުވެސް އެންމެ މަތީ ބުރިބުރީގައި އުޅޭ މީހުންނަށް އަދި އިރެއް ނުއޮއްސެއެވެ.
ދުބާއީގެ ދަންނަބޭކަލުން ފަތުވާ ނެރުއްވާފައިވާ ގޮތުން ބުރުޖު ޚަލީފާގެ 80 ވަނަ ބުރިން ފެށިގެން މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުން ރޯދަވީއްލަންވާނީ އޭގެ ތިރީގައި ދިރިއުޅޭ މީހުންނަށްވުރެ ދެ މިނިޓް ފަހުންނެވެ. ބުރުޖު ޚަލީފާގެ 150 ވަނަ ފަންގިފިލަޔަށްވުރެ މަތީގައި ދިރިއުޅޭ މީހުން ރޯދަވީއްލަން ޖެހެނީ އިތުރު ފަސްމިނިޓް ލަހުންނެވެ.
ބުރުޖު ޚަލީފާގެ އުސްކަމުން ފިނިހޫނުމިންވެސް އެންމެ ތިރީގެ ފަންގިފިލާތަކާއި އެންމެ މަތީ ފަންގިފިލާތައް ތަފާތެވެ. އެންމެ މައްޗާއި އެންމެ ތިރިޔާ ދެމެދު 11 ޑިގްރީ ސެލްސިއަސްގެ ތަފާތެއް ހުރެއެވެ. މަތީގެ ފަންގިފިލާތައް މާފިނީއެވެ. އެންމެ އުހުގައިވާ ފަންގިފިލާތައް ވިލާތަކަށްވުރެވެސް އުސްވީމާ ވާރޭ ވެހެނީވެސް ތިރިޔަށެވެ. މައްޗަކަަށް ވާރޭގެ ހިލަމެއް ނުވެއެވެ.
މުޅިއެކު 1.5 ބިލިއަން ޑޮލަރު ޚަރަދު ކުރެވިގެން އިމާރާތް ކުރެވިފައިވާ ބުރުޖު ޚަލީފާގެ އުސްމިނަކީ 2722 ފޫޓު ކަމަށްވާއިރު 163 ފަންގިފިލާ ހުރެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު އެޕާޓްމަންޓްތައް ހުންނަނީވެސް މިތާގައެވެ. ބުރުޖު ޚަލީފާ އިމާރާތް ކުރުމުގެ މަސައްކަތް ފެށީ 2004 ގައެވެ. ނިމުނީ 2009 ގައެވެ. މި އިމާރާތުގެ ނަން ނިސްބަތްވަނީ އިހަށް ދުވަހު އަވަހާރަވި ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާއަށެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު