މީގެ 12 އަހަރު ކުރިން، ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރި ލ. ބޮޑުފިނޮޅުގައި އެ މަސައްކަތް ކުރިއަށްނުދާތީ، އެރަށް ސަރުކާރަށް ނަގައި ރަށް ދޫކުރި ކުންފުންޏަށް ބަދަލު ދިނުމަށްފަހު ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ބޮޑުފިނޮޅު ޕްރޮޖެކްޓް މައްސަލައިގައި މިނިސްޓަރަށް ވަރަށް އާދޭސް ދެންނެވިއްޖެ ކަމަށް ވިދާޅުވެ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިިނިސްޓަރު މައުސޫމު ވިދާޅުވީ، ލ. އަތޮޅަކީ ސަރުކާރުތަކުން ތަރައްގީކުރަން ވަރަށް އިސްކަންދީފައިވާ ތަނެއް ކަމަށެވެ.
އެގޮތުން މިހާރު ހުއްޓިފައިވާ ބޮޑުފިނޮޅުގެ މައްސަލަ ހައްލުކޮށް ކުރިއަށް ގެންދިއުމަށް މިސަަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އިތުރަށް ފުރިހަމަ ޕްރޮޖެކްޓެއް އެތަނުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަށްޓަކައި ބޮޑުފިނޮޅުގެ އެއްބަސްވުން ނިމުމަކަށް ގެނެސް ބަދަލުދޭންޖެހޭތީ ސަރުކާރުގެ ކަމާބެހޭ އިދާރާތާތަކާ މަޝްވަރާ ކުރުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅުއްވާފައިވާ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީންކުރާ ރިސޯޓެއް ތަރައްގީކުރަން 2008 ވަނަ އަހަރު ސަރުކާރުން ބޮޑުފިނޮޅު ދޫކޮށްފައިވަނީ، މާލޭސިޓީގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) އާއި އިތުރު ވިޔަފާރިވެރިންތަކެއް ހިއްސާވެގެން އުފައްދާފައިވާ، ޕްރިމިއާ އިކުއިޓީއާއެވެ. އެ ރަށް އެ ކުންފުންޏާ ހަވާލުކުރީ 25 އަހަރުގެ މުއްދަތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު