ދުނިޔޭގައި މިހާތަނަށް ކާރެއް ވިއްކާލެވުނު އެންމެ ބޮޑު އަގުގައި މާސިޑީޒް ބެންޒް ކުންފުނިން އެމީހުންގެ ވަރަށް ކުރީގެ އުފެއްދުމެއް އަމިއްލަ ފަރާތަކަށް ވިއްކާލައިފިއެވެ. މާސިޑީޒް ބެންޒުން 1955 ވަނައަހަރު އުފައްދައި އެކުންފުނީގެ ކަލެކްޝަނުގައިވާ ކާރެއް ވިއްކައިލީ 142 މިލިޔަން ޑޮލަރަށެވެ.
މީގެކުރިން އެންމެ ބޮޑު އަގުގައި ވިކިފައިވަނީ 2018 ވަނަ އަހަރު ފެރާރީ ކާރެކެވެ. އެއީ އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން 1963ގެ އުފެއްދުމެކެވެ. ފެރާރީ ކާރު ވިކިފައިވަނީ 70 މިލިއަން ޑޮލަރަށެވެ. އެހެންވީމާ މިފަހަރު މާސިޑީޒް ކާރު ވިކިފައިމިވަނީ އެއަށްވުރެ ދެގުނަ ބޮޑު އަގެއްގައެވެ.
މާސިޑީޒް ކުންފުނިން ބުނެފައިވަނީ މި ވިޔަފާރިން ލިބުނު ނަފާ ބޭނުންކުރާނީ އެކުންފުނީގެ ސްކޮލަރޝިޕް ޕްރޮގްރާމްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ކަމުގައެވެ. މިކާރު ވިއްކައިލީ އަމިއްލަ ފަރާތަކަށް ކަމުގައިވިޔަސް އެއީ ކާކުކަން ހާމައެއް ނުކުރެއެވެ. ކޮން ގައުމެއްގެ މީހެއްކަންވެސް ހާމައެއް ނުކުރެއެވެ.
ދުވަސްވީ މޮޑެލްތަކުގެ ރޭސިން ކާރު އާއްމުގޮތެއްގައި ގަނެ ރައްކާކުރަނީ އެބާވަތުގެ ތަކެތީގެ ކަލެކްޝަނެއް ގެންގުޅޭ ބޮޑެތި މަހުޖަނުންނެވެ. އެއީ ތަންތަނަށް ދިޔުމަށާއި ބުރުޖެހުމަށް އެއްކުރާ ކާރެއް ނޫނެވެ. ހިތްހަމަޖެހުމަކަށް ކުރާ ކަމަކީއެވެ. ސައޫދީ އަރަބިޔާ އާއި އެމިރޭޓްސް އާއި ގަތަރާއި ކުވޭތުގެ ޝާހީ އަމީރުންނަކީ މިކަމަށް ވަރަށް ބޮޑު ޚަރަދެއް ކުރައްވާ ބޭފުޅުންކަމުގައި
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު