އއ. އުކުޅަހުން، އަލީ ޔާމީން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އއ. އުކުޅަހަށް ވަޑައިގަތުމުން، ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސް ސޯލިހު މިއަދު ހަވީރު އުކުޅަހަށް ވަޑައިގެންފައިވަނީ، އެރަށުގައި ބޭއްވުމަށް ހަމަޖައްސާފައިވާ "ވިއަވަތި ރާއްޖެ" ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއަހަރުގެ ވިއަވަތި ފޯރަމް ކުރިއަށްގެންދަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން އުކުޅަހުގައި ބާއްވާ ފޯރަމަކީ މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވާ ފޯރަމެވެ. އުތުރާއި ދެކުނުގައިވެސް މިއަހަރު މި ފޯރަމް ކުރިއަށްގެންދާނެއެވެ.
މިފަހަރުގެ ފޯރަމުގައި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޗާޓެއް އެކުލަވާލަން ވަނީ ހަމަޖެހިފައެވެ. ފޯރަމް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަަޖައްސާފައިވާ މި ފޯރަމުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ޕޮލިސީ ލެވެލްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އެންމެ ފުރަތަަމަ ވިއަވަތި ފޯރަމް ބާއްވާފައިވަނީ 2019 ވަނަ އަހަރު ކްރޮސްރޯޑްސްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު