ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި ބައި ކިލޯ ކެނެބިސް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިމަހުގެ 18 ވަނަ ދުވަހުގެ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ފެނިފައިވާ ކަމަށެވެ. އެތަކެތި މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލައިގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 0.537 ގްރާމް ހުރިކަމަށް ކަސްޓަމުން ބުންޏެވެ. ކަސްޓަމުން ވަނީ އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ކަސްޓަމުން ވަނީ ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުނު 6.374 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި އެއާކާގޯގެ ޝިޕްމެންޓުތަކުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެއެވެ.