ޖަމާލުއްދީން ސްކޫލު (ޖޭއެސް) ތެރެއަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު އޭނާ ޖަމާލުއްދީން ސްކޫލުގެ ތެރެއަށް ވަދެ ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދަށެވެ.
ފުލުހުން މިއަދު ބުނީ، ޖަމާލުއްދީނަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ޕްރިންސިޕަލަށް ހަމަލާދޭން އޭނާ އުޅުނީ ކޮން ކަހަލަ ތޫނު ހަތިޔާރަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.