މާލެއިން މިއަދު ކަރަންޓު ދިޔުމުގެ ސަބަބުން ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.
ރޭފަތިހު މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި މިހާރުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ.
އައިޖީއެމްއެޗުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑުނީ ދިމާވި އާތު ފޯލްޓަކުން ކަމަށެވެ. އެ މައްސަލަ ކުރިމަތިވީ، ކަރަންޓު ދޭން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ފީޑަރުތަކުގެ ތެރެއިން އަށް ވަނަ ފީޑަރުގެ ސްވިޗު ގިޔަރުގެ މައްސަލައެއް ޖެހިގެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު