މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ސޫތުކުޅި (ޓުޓްކޮރިން) އާއި އައްޑޫ ސިޓީއާ ދެމެދު ކުރި ކާގޯ ދަތުރުތައް މެދުކަނޑާލައިފިއެވެ.
އެމްއެސްއެސް އިން އިންޑިއާ-އައްޑޫ ކާގޯ ދަތުރުތަކެއް ފެށީ 26 ނޮވެމްބަރު 2020 ގައެވެ. އެ ދަތުރުތަކުގައި ބޭނުން ކުރީ 'އެމްވީ ބޮންތި 2' ނަމަކަށް ކިޔާ ބޯޓެކެވެ.
އައްޑުއަށް ކުރާ ކާގޯ ދަތުރުތައް މެދުކަނޑާލައި އެމްއެސްއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓުޓްކޮރިން ކާގޯ ދަތުރުތައް ފެށި ދުވަހުން ފެށިގެން ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި އުފުލާފައިވަނީ އެސްޓީއޯގެ ވިޔަފާރިތަކާއި ޕްރޮޖެކްޓުތަކުގެ މުދާ ކަމަށެވެ. ނަމަވެސް ކުރިން ހިންގަމުން އައި ބައެއް މަޝްރޫއުތައް ނިމިފައިވާތީ އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީއަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެސްއެސް އިން ބުނީ އެ ބަދަލުގެ ސަބަބުން އައްޑޫއާއި ޓޫޓިކޯރިންއާ ދެމެދު މެދުކެނޑުމެއްނެތި ހިދުމަތްތައް ފީސިބަލްކޮށް ކުރިއަށް ގެންދިއުމަށްޓަކައި، އުޅަނދު ފުރޭވަރަށް މިހާރު މުދާ ނުލިބޭ ކަމަށެވެ. އަދި މިވަގުތަށް ޓުޓްކޮރިން އިން އައްޑުއަށް މުދާ އުފުލުން ހުއްޓާލަން ކުންފުނީގެ މެނޭޖްމަންޓުން ނިންމީ އެ ސަބަބާ ހެދި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެސްއެސް އިން އަންނަނީ އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ވެސް ކާގޯ ފެރީގެ ހިދުމަތް ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު