ގއ. ވިލިނގިލި ނެރަށް ލޯންޗެއް އަރައި ދެ މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ އިދާރާއަށް ފުރަތަމަ ލިބުނީ ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ލޯންޗުގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓި، ގެއްލިފައިވާ ކަމުގެ ރިޕޯޓެއް ކަމަށެވެ.
އަދި ކަނޑަށް ވެއްޓުނު ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ނަމަވެސް އެ މީހުން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލޯންޗުގައި ދެން ތިބި ތިން މީހުންނަށްވެސް އެކިވަރު އަނިޔާތައް ލިބިފައިވާ ކަމަށާއި އެ މީހުންނަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު