ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓެކްޓަރުން ޕްރީ ކޮލިފައިކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުން އިއްޔެ ފަށައިފިއެވެ.

އިންޑިއާގެ އެގްޒިިމް ބޭންކުގެ ލޯނު އެހީ ހަމަޖައްސައިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައި ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރާނެއެވެ.

މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް އިމާރާތްކުރާނެއެވެ.

އެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީކުރެވިގެން ދިއުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިން ސަރަހައްދެއްވެސް ތަރައްގީކުރާނެއެވެ.