އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ، އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.
މިއަދު ހެނދުނު ކުޅުނު ފައިނަލުގައި ނަބާ މޮޅުވީ، އިންޑިއާގެ އާޗިޝާ ގޯޝް ބަލި ކުރުމަށްފަހުއެވެ.
އުމުރުން 12 އަހަރުގެ ނަބާ ފައިނަލުގައި އުމުރުން 14 އަހަރުގެ އާޗިއާ ބަލިކުރީ ސެޓުތައް 6-4 އަދި 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ.
ނަބާ އަކީ އޭޑީކޭ ހޮސްޕިޓަލުގެ ސާޖިކަލް ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ޗީފް ސާޖިކަލް އޮފިސަރު ޑރ. އަހުމަދު ނިޝާނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. ނަޒްމާ ހަމީދުގެ ދަރިއެކެވެ.
ނަބާ ވަނީ ރާއްޖޭގައި ބޭއްވި މުބާރާތްތަކެއްގައި ވެސް ރަން ވަނަތަކެއް ހާސިލުކޮށްފައެވެ. ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ ނަބާއެވެ.
ކެރިއަރުގައި އިތުރު ކާމިޔާބީތަކަކާއި ކުރިއެރުންތައް ހޯދުމަށް ތަމްރީނުތައް ހެދުމަށް ނަބާގެ މަންމަ, ޑރ. ނަޒްމާއާއެކު މިހާރު ދިރިއުޅެމުން އަންނަނީ ބެންގަލޫރުގައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް