ލޯކަލް ކައުންސިލުތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "ކައުންސިލުތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" ގައި ވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ ހުއްދަވެސް ދީފައެވެ.
އިކޮނޮމިކް މިނިސްޓްރީން ޝާއިއުކުރި އެ ގަވާއިދަކީ، ލާމަރުކަޒީ ގާނޫނުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރެވޭނެ ވިޔަފާރިތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އިން ހަދަންވާނެ ކަމަށް ބަޔާންކޮށްފައިވާ ގަވާއިދެވެ. އެ ގަވާއިދު ޝާއިއު ކޮށްފައިވަނީ އިސްލާހުކުރުމަށްފަހުއެވެ. އެ ގަވާއިދު އިސްލާހުކޮށްފައިވަނީ ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ދެ ބާވަތަކަށް ބެހޭ ގޮތަށެވެ.
އެގޮތުން ގަވާއިދުގައި އަލަށް ހިމަނާފައިވާ ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ވިޔަފާރި ހަރަކާތްތައް ކައުންސިލުތަކަށް ހިންގޭނެއެވެ. އެ ޖަދުވަލުގައި ހިމަނާފައިވަނީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތަކެވެ.
އެ ޖަދުވަލުގައި 15 ވިޔަފާރިއެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ގެސްޓް ހައުސް އަދި ޓޫރިސްޓު ހޮޓަލުން ފެށިގެން ތައުލީމު ދޭ ތަންތަނާއި ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން، އެއާޕޯޓު ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ވެސް ވަނީ ހިމަނައިފައެވެ.
ދެން ހިމެނެނީ އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ.
- ކޮންވެންޝަން ސެންޓަރު (ޓޫރިސްޓް ހޮޓަލާއި، ގެސްޓް ހައުސްއާއި، މީޓިން ރޫމާއި، ކާބޯތަކެތި ހިދުމަތްދޭ ތަންތަނާއި ފިހާރަ ހިމެނޭ ގޮތުން)
- ތައުލީމު ދޭ ތަންތަން
- ހޮސްޕިޓަލް
- ކްލިނިކް
- ރިނިއުބަލް އެނާޖީ
- ގެސްޓް ހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް
- އެއާޕޯޓު ހިންގުން
- ކުނި މެނޭޖުކުރުން
- ދަނޑުވެރިކަން
- މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ގާއިމުކުރުން
- ސޯޝަލް ހައުސިން
- ކޭބަލް ޓީވީގެ ހިދުމަތް ދިނުން
- ބޯޓު ޔާޑު ގާއިމުކުރުން
- ފާމަސީ ހިންގުން
- އަސާސީ ތަކެތި ވިއްކާ ފިހާރަ
- ކޮންވެންޝަން ސެންޓަރު (ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް އާއި މީޓިން ރޫމާއި ކާބޯތަކެތި ހިދުމަތްދޭ ތަންތަނާއި ފިހާރަ ހިމެނޭ ގޮތުން)
- ތައުލީމު ދޭ ތަންތަން
- ހޮސްޕިޓަލް
- ކްލިނިކް
- ރިނިއުވަބަލް އެނާޖީ
- ކުނި މެނޭޖުކުރުން
- ދަނޑުވެރިކަން
- މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ގާއިމުކުރުން
- ބޯޓު ޔާޑު ގާއިމުކުރުން
ޚަބަރު
ޚަބަރު
ޚަބަރު